(IUL)331-FI/331/2026/15
ކ.ގާފަރުން ދިރިއުޅުމަށް ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން
ކ.ގާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)331-F1/331/2025/69 އިޢުލާނާއި ގުޅިގެން ކ.ގާފަރުން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް މިއިޢުލާނާއިއެކު އާންމުކޮށް، ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އާންމުކޮށްފައިވާ ލިސްޓާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 2026 މާރޗް 30 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ލިޔުމުން ޝަކުވާ ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި މިއިދާރާގެ ރިސެޕްޝަނަށް ނުވަތަ info@gaafaru.gov.mv އަށް މެއިލްކޮށްގެންނެވެ.
ޕަބްލިޝްކުރި ތާރީޚު : 03 މާޗް 2026
ހަމަވާ ތާރީޚު : 30 މާޗް 2026 ގަޑި : 14:00
