ކައުންސިލް

ގާފަރު ކައުންސިލްގެ އިދާރާއަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާއި ބެހޭ ޤާނޫނުގެ ދަށުން ކ.ގާފަރުގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް އުފައްދާފައިވާ އިދާރާއެކެވެ.

ތަޞައްވުރު

ގާފަރަކީ އިސްލާމީ ޢަޤީދާގައި ސާބިތުވެތިބި، އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފަހައްޓާ، ޤައުމުދެކެ ލޯބިވާ، ޢިލްމީގޮތުންނާއި ފަންނީގޮތުން ޤާބިލު، ޞިއްޙީ ދުޅަހެޔޮ، ސިޔާސީ ބައިބައިވުންތަކުން އެއްކިބާވެފައިވާ، ރަށުގެ ތަރައްޤީއަށް ގުޅިގެން މަސައްކަތްކުރާ، އިޤްތިޞާދީގޮތުން ކުރިއަރާފައިވާ، އަދި މާލީތަނަވަސްކަން އިތުރުކުރުމަށް ހީވާގިކަމާއެކު މަސައްކަތްކުރަމުންދާ ރައްޔިތަކު ދިރިއުޅޭ ރަށަކަށްވުމެވެ.

އަމާޒު

މި ކައުންސިލްގެ މިޝަން އަކީ ރަށުގެ ރައްޔިތުންނަށް ކައުންސިލްއިން ދެމުންދާ ޚިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަ ޚިދުމަތްތަކަށް ހެދުމެވެ. އަދި މިރަށަކީ ދިރިއުޅުމުގެ އެންމެހާ ވަސީލަތްތައް ގާއިމްކުރެވިފައިވާ، ޢާންމު މަޞްލަޙަތު ރައްކާތެރިކުރެވޭ، ހިތްހަމަޖެހިގެން އަމާން އޮމާން މާޙައުލެއްގައި ދިރިއުޅުން ބިނާކުރެވިފައިވާ ރައްޔިތެއް ދިރިއުޅެމުންދާ ރަށަކަށް މިރަށް ތަރައްޤީ ކުރުމެވެ.

ގާފަރު ކައުންސިލް

+960 664 1941info@gaafaru.gov.mvރަސްމީ ގަޑި: އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
All Rights Reserved (c) 2025