ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
އެމް.ޓީ.ސީ.ސީ. ގެ ފަރާތުން މިރަށުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ، ގާފަރު ޝޯރ ޕްރޮޓެކްޝަން ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް ގާފަރަށް އަންނަ މުވައްޒަފުން ތިބުމަށްޓަކައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް އަދި ބަދިގެ އާއި ކާގެ ހިމެނޭގޮތަށް 3 މަސް ދުވަހުގެ މުއްދަތަށް ގެޔެއް ކުއްޔަށް ހިފުމަށް އެމް.ޓީ.ސީ.ސީ. ގެ ފަރާތުންވަނީ ހުށަހަޅުއްވާފައެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެމަތިން 3 ކޮޓަރީގެ ގެޔެއް ކުއްޔަށް ދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 30 މާރިޗް 2026 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކައުންސިލްގެ އިދާރާ އަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
ޕަބްލިޝްކުރި ތާރީޚު : 26 މާޗް 2026
ހަމަވާ ތާރީޚު : 30 މާޗް 2026 ގަޑި : 11:00
