(IUL)331/331/2025/04

ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ ތަކެތި ނެގުމާއިބެހޭ

ބަނދަރުގައި ތަކެތި ބެހެއްޓުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދު ފިޔަވައި ބަނދަރު ސަރަހައްދުގެ އެއްވެސް ތަނެއްގައި އޮޑި ދޯނިފަހަރާއި ލޯންޗް، ޑިންގީ ފަދަ އުޅަނދުތައް ގެންގުޅުއްވާ ފަރާތްތަކާއި އަދި މިނޫންވެސް އާއްމު އަމިއްލަ ފަރުދުންގެ އެއްވެސް އެއްޗެއް ބަހައްޓާފައި ވާނަމަ 17 ޖަނަވަރީ 2025 ވާ ހުކުރު ދުވަހުގެރޭ 12:00 ގެ ކުރިން އެތަކެތީގެ ވަރިފަރާތުން ބަނދަރު ސަރަހައްދުން ތަކެތި ނެންގުމަށް ދަންނަވަމެވެ. 18 ޖަނަވަރީ 2025 ވަނަ ދުވަހުން ފެށިގެން ބަނދަރު ސަރަހައްދުގައި މިގޮތަށް ބަހައްޓާފައި ހުންނަ ތަކެތި ކައުންސިލުން ނަގަމުން ގެންދާނެ ކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި ގަވާއިދާ ޚިލާފަށް މިގޮތަށް ބަހައްޓާފައި ހުންނަތަކެތީގެ ޒިންމާ ކައުންސިލުން ނުނަގާނެވާހަވެސް ދަންނަވަމެވެ.

ޕަބްލިޝްކުރި ތާރީޚު : 14 ޖަނަވަރީ 2025
ހަމަވާ ތާރީޚު : 18 ޖަނަވަރީ 2025 ގަޑި :

ގާފަރު ކައުންސިލް

+960 664 1941info@gaafaru.gov.mvރަސްމީ ގަޑި: އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
All Rights Reserved (c) 2025