(IUL)331/331/2026/1

ބަންގި މުބާރާތާއިގުޅޭ

             "ނޫރުލް އަޛާން 1447" ގެ ނަމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބަންގި މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި މުބާރާތުގެ އަތޮޅު އޮޑިޝަންގައި މިރަށް ތަމްޞީލުކުރުމަށް، ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، 2026 ޖަނަވަރީ 11 ވަނަ ދުވަހުގެ 13:00ގެ ކުރިން ކައުންސިލްގެ އިދާރާގައި ނަން ނޯޓުކުރެއްވުން އެދެމެވެ.

            މި މުބާރާތާއިގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ ޝީޓް، ކައުންސިލްގެ ރަސްމީ ވައިބަރ ކޮމިއުނިޓީ ގްރޫޕްގައި ހިއްސާކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ޕަބްލިޝްކުރި ތާރީޚު : 05 ޖަނަވަރީ 2026
ހަމަވާ ތާރީޚު : 11 ޖަނަވަރީ 2026 ގަޑި : 13:00

ގާފަރު ކައުންސިލް

+960 664 1941info@gaafaru.gov.mvރަސްމީ ގަޑި: އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
All Rights Reserved (c) 2026